twitterviber whatsapp telegramfacebookyoutube instagram
6th September 2026

މާލޭގައި ކާފިއު ވަގުތު ކުރުކޮށް؛ ޖިމްތައް ހުޅުވަން ހުއްދަ ދީފި

ނަބީލާ އިސްމާޢީލް
Jun 22, 2021
1

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ކުރުކޮށް، ވަކި ގަޑިތަކެއްގައި ޖިމްތައް ހުޅުވަން ހުއްދަ ދީފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޒަރޫރީ ބޭނުންތައް ފުއްދަން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ކާފިއު ހިންގާ ވަގުތު 10 ގަޑިއިރަށް ކުރުކޮށްފައިވާ ކަމަށެވެ.

މިރޭ ދިން ލުއިތަކާއި އެކު މާދަމާއިން ފެށިގެން ކާފިއު ހިންގާނީ ހަވީރު 6:00އިން ފަތިހު 4:00އާ ހަމައަށެވެ. ނަމަވެސް ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ މިހާރެކޭވެސް އެއްފަދައިން ޕާމިޓާއެކު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ބަދަލާއެކު ކެފޭ، ރެސްޓޯރެންޓްތަކުން ޓެކްއަވޭ ނެގުމުގެ ހިދުމަތް ވެސް ހަވީރު 6:00އާ ހަމައަށް ހޯދޭނެ އެވެ.

މާދަމާއިން ފެށިގެން ޖިމްތައް ހުޅުވަން ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. ޖިމްތައް ހުޅުވަން ހުއްދަ ދީފައިވަނީ ފަތިހު 5:00އިން ހަވީރު 6:00އާ ހަމައަށެވެ.

ޖިމްތައް އޮޕަރޭޓް ކުރަން ހުއްދަ ދެވޭނީ ކޮވިޑް19އިން ދުރުހެލިވުމަށް އެޗްޕީއޭއިން އަންގާފައިވާ ގޮތްތަކަށް އެ ޖިމްއަކުން އަމަލުކުރާނެ ގޮތުގެ ސާވިސް ޕްލޭނެއް ހުށަހަޅައިގެންނެވެ. އަދި އެއަށްފަހު އެ ޖިމްތައް އިންސްޕެކްޓް ކުރުމަށްފަހު ހުއްދަ ދެވޭނެ ކަމަށާއި ހުއްދަ ދޫކުރާ ޖިމްތަކުން އޮޕަރޭޓު ކުރަން ވާނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355