twitterviber whatsapp telegramfacebookyoutube instagram
7th May 2024

އެއްވަނަ އިންގްލޭންޑަށް، ޗެކް ރިޕަބްލިކް ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Jun 23, 2021

ވެމްބްލީ، ލަންޑަން (ޖޫން 23) ޔޫރޯ 2020 ގައި ރޭ ގުރޫޕް ޑީގައި އިންގްލޭންޑާ ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 1 - 0 ން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ އިންގްލޭންޑުން ޔަގީންކޮށްފިއެވެ.

މިމެޗުން ބަލިވި ނަމަވެސް ޗެކް ރިޕަބްލިކުންވެސް ވަނީ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އެއީ ގުރޫޕް ބީއާއި ސީގެ ނަތީޖާތައް ނުކުތްގޮތަށް ބަލާފައި އެޓީމަށް ދެވަނަ ބުރުން ޖާގައެއް ލިބޭނެތީއެވެ. މިއުސޫލުގެ ދަށުން މިހާތަނަށް ގުރޫޕްގެ ތިންވަނަ ހާސިލްކޮށްގެން ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އަނެއް ޓީމަކީ ސްވިޒަލޭންޑެވެ.

އެއްވަނައިގައި ދެވަނަ ބުރަށް ދާން ނުކުތް އިންގްލޭންޑުން ރޭގެ މެޗުގެ ވަރަށް ކުރީކޮޅުވަނީ ލީޑު ނަގާފައެވެ. އެގޮތުން ރޭގެ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އިންގްލޭޏްޑްގެ ރަހީމް ސްޓާލިންގް ވަނީ ލީޑު ނަގައިދީފައެވެ. ޖެކް ގްރީލިޝް ނަގައިދިން ހުރަސް ސްޓާލިންގް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރިއިރު މިގޯލަކީ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލެވެ. ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ދެވަނަ ބުރު ޔަގީންވެފައި އޮތުމުން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މިރޭ ކުރިއަށްހުރި މެޗުތަކަށް ބަލާއިރު މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ބައްދަލުކުރާނީ ސްވިޑަންއާ ޕޮލެންޑް އަދި ސްލޮވޭކިއާއާއި ސްޕޭނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355