twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑްގައި ރާއްޖެ އިން އިތުރު މީހަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Jun 29, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 02:33 ގައި މަރުވެފައިވާ ކަމަށެވެ. މިޔާއެކު ރާއްޖެ އިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 210 އަށް މިހާރު އަރާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ބަލީގައި އެ ދުވަހު މަރުވީ އުމުރުން 51 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި އެ މީހާއާ އެކު މި މަހު މަރުވި މީހުންގެ އަދަދަކީ 49 އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް މަދުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355