މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން 2 – 0 ން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކެޓުމުން އެޓީމުގެ ކޯޗު ފްރޭންކް ޑި ބޯއެ މަގާމުން އިސްތިއުފާ ދީފި އެވެ.
މިފަހަރުގެ ޔޫރޯގައި ހީނުކުރާ ކަހަލަ ނަތީޖާތަކެއް ނުކުންނަމުންދާއިރު ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ދަނީ މުބާރާތުން ކަޓަމުންނެވެ. އޭގެ ތެރޭގައި ނެދަލޭންޑްސް ވެސް ހިމެނެ އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސް ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން ހިތި ގޮތަކަށް ބަލިވެ އެޓީމު މިވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.
ނެދަލޭންޑްސް ވަނީ އެންމެ ފަހުން ބޭއްވި ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ފައިނަލުގައި ޕޯޗުގަލް އަތުން ވަނީ ބަލިވެފަ އެވެ. ނެދަލޭންޑްސްގެ ކޯޗުކަމުން ޑި ބޯއެ ވަކިވާން ނިންމުމާ ގުޅިގެން ނެދަލޭންޑްސްގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯޗުކަމުން ވަކިވާން ޑި ބޯއެ ނިންމާފައިވަނީ އެފްއޭއާއި ވާހަކަ ދެއްކުމަށް ފަހުގައި ދެފަރާތް އެއްބަސްވެގެން ކަމަށެވެ.
""އަހަރެން ނިންމައިފިން ކޯޗު ކަމުގެ މަގާމުގައި އިތުރަށް ކުރިއަށް ނުދާން. އަހަރެންގެ މަގްސަދު ހާސިލު ނުވެ މިދިޔައީ. ގައުމީ ޓީމުގެ ކޯޗުކަން 2020 ގައި އަހަންނަށް ހުށަހެޅުމުން އަހަރެން އެކަން ބަލައިގަތީ ޝަރަފެއް އަދި ޗެލެންޖެއްގެ ގޮތުގައި. ހަމައެޔާއެކު އަހަންނަށް އެނގޭ މި މަގާމުގައި އަހަންނަށް އަންނާނެ ޕްރެޝަރުގެ ބޮޑުކަންވެސް، މިހާރު ހަމައެކަނި ކަމަކަށް ވާނީ އެ ޕްރެޝަރު ބޮޑުވުން. އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މުހިންމު މެޗުތަކެއް ކުރިއަށް ހުރިއިރު މި ދިމާވި ގޮތުން އަހަރެން މި މަގާމުގައި ހުރުމަކީ އަހަންނަށްވެސް އަދި މި ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތެއް ނޫން.ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޯއެ