ސުޕެއިން 0 - 0 ސުވިޑަން
ސުޕެއިން 1 - 1 ޕޮލެންޑް
ސުޕެއިން 5 - 0 ސްލޮވޭކިއާ
ސުޕެއިން 5 - 3 ކުރޮއޭޝިއާ
ސުޕެއިން 1 - 1 ސުވިޒަލޭންޑް
ޕެނަލްޓީ ޖަހައިގެން 3 - 1 ން މޮޅުވީ ސުޕެއިނެވެ.
ސުޕެއިން ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އެފްގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެގެންނެވެ. ކޮލިފައިންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންނަކީ އަލްވާރޯ މޮރާޓާ، ސާޖިއޯ ރާމޮސް އަދި ރޮޑްރީގޯ އެވެ. މި ކުޅުންތެރިން ވަނީ ކޮލިފައިންގައި ތިން ލަނޑު ޖަހާފަ އެވެ.
މުބާރާތުގައި މިހާތަނަށް ސުޕެއިނުގެ ޓޮޕް ސްކޯރާސްގެ ތެރޭގައި 2 ގޯލާއެކު ހިމެނެނީ އަލްވާރޯ މޮރާޓާ، ޕަބްލޯ ސަރާބިއާ އަދި ފެރާން ޓޮރެސް އެވެ. ޔޫރޯގައި މިހާތަނަށް ސުޕެއިން ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު އެޓީމު ވަނީ 1964، 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި 1984 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ވަނީ ބަލިވެފަ އެވެ. އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯއިން އެޓީމު ކެޓީ ގަދަ 16 ގައި 2 - 0 ން އިޓަލީ އަތުން ބަލިވެގެނެވެ.
ޖޫން 2019 ގައި އަމިއްލަ ސަބަބުތަކާ ހުރެ ޓީމުން ބުރޭކެއް ނެގުމަށް ފަހު ޓީމާ އަލުން ގުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ. އެންރީކޭ އަކީ 2015 ވަނަ އަހަރު ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިން ކޯޗެވެ
ވިޔރެއާލާއި އެކު އެންމެފަހުން ބޭއްވި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރި ފޯވާޑް ހުރީ ފޯމުގަ އެވެ. އޭނާއަކީ މިރޭގެ މެޗަށް ނުކުންނައިރު އިދިކޮޅު އިޓަލީން އެންމެ ވިސްނަން ޖެހޭނެ އެއް ކުޅުންތެރިޔާ އެވެ.
އެންމެ 18 އަހަރުގެ ޕެޑްރީ އަކީ ކުލަބް ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް އަރަމުން އަންނަ ތަރިއެކެވެ. އިޓަލީގެ އެންމެ ބޮޑު އެއް ބޮލުގަ ރިހުމަކަށް މިރޭ ޕެޑްރީ ވާނެ އެވެ.
ސުޕެއިނަކީ ޔޫރޯގެ ތަށި ދިފާއު ކުރެވުނު ހަމައެކަނި ޓީމެވެ. ސުޕެއިނުން ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި 2012 ވަނަ އަހަރު އެޓީމުން ވަނީ އެތަށި ދިފާއުވެސް ކޮށްފަ އެވެ.