twitterviber whatsapp telegramfacebookyoutube instagram
4th May 2024

މާލޭ ސަރަހައްދުގެ ކާފިއު އުވާލަނީ

ނަބީލާ އިސްމާޢީލް
Jul 7, 2021

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލަން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މާލޭގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.

މާލޭގައި މި ފަހުން ކާފިއު އިއުލާނުކުރީ ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމުގެ ސަބަބުން, މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން ދިއުމުގެ ސަބަބުން މާލޭގެ ކާފިއުގެ ވަގުތު ވަނީ މި ފަހުން ކުޑަކޮށްފައެވެ. އެގޮތުން މިއަދާ ހަމައަށް ކާފިއު ހިންގަމުން އައީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަކަށް ކާފިއު އަށެވެ.

ކާފިއު ގަޑީގައި ބޭރަށް ނިކުމެވެނީ ހާއްސަ ހުއްދަ އަކާ އެކު އެވެ. ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ވެސް ކުރަމުންދެ އެވެ.

އެކަމަކު މާދަމާ އިން ފެށިގެން ކާފިއު އުވާލުމަށް ނިންމާފައިވާތީ ވަކި ހާއްސަ ހުއްދައެއް ނެތި ކޮންމެ ގަޑިއަކު ވެސް ބޭރަށް ނިކުމެވޭނެ އެވެ.

ނަމަވެސް މިހާރު މާލޭގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުން އެޗްޕީއޭ އިން ވަނީ ކާފިއު ވަގުތު އުވާލުމަށް ނިންމައިފައެވެ

ކާފިއު އުވާލުމާ ގުޅިގެން އާންމު ހިދުމަތްދޭ ފިހާރާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް އާންމު އުސޫލުގައި ހުޅުވައިގެން ހިދުމަތް ދޭ ގަޑީގައި ހިދުމަތް ދެވޭނެ އެވެ. އަދި ހާއްސަ ގައިޑްލައިނާ އެކު ސިނަމާތައް ވެސް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355