twitterviber whatsapp telegramfacebookyoutube instagram
25th October 2026

55 އަހަރު ދުވަހުގެ އިންތިޒާރު ނިމުމަކަށް ގެންނަން މިރޭ އިނގިރޭސީން ނުކުންނަނީ

މުޙައްމަދު އަހުމަދު
Jul 11, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އަލަށް ފައިނަލަށް ދަތުރުކުރި އިނގިރޭސީން ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

1968 ގައި މިމުބާރާތް އިޓަލީން ކާމިޔާބުކޮށްފައި ވާއިރު އިނގިރޭސިންނަށް އެންމެ ފަހުން ބޮޑު މުބާރާތެއްގެ ތަށި ކާމިޔާބުކުރެވުނީ 1966 ގަ އެވެ. އެފަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް އެޓީމުން ކާމިޔާބުކުރި އެވެ.

އިނގިރޭސިންގެ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ މިރޭ އެޓީމު ނުކުންނާނީ މޮޅަކަށެވެ. އިޓަލީގެ ކުޅުންތެރިން މިރޭގެ މެޗުގައި ލާނީ ނޫ ޖާޒީ އެވެ. އަދި އިނގިރޭސިން ލާނީ ހުދު ޖާޒީ އެވެ. މިދެޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ.

އެގޮތުން އިނގިރޭސިންގެ ޓީމަށް ބަލާލާއިރު ހެރީ ކޭން އާއި ރަހީމް ސްޓާލިންގް، ލޫކް ޝޯ، ހެރީ މެގުއާ އަދި ޖޯޑަން ޕިކްފޯޑް ފަދަ ކުޅުންތެރިން ހިމެނެ އެވެ. އަދި ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މޭސަން މައުންޓް އަދި އަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޖޭޑަން ސާންޗޯ އަދި ބުކާޔޯ ސަކާ ހިމެނެ އެވެ.

އިޓަލީގެ ޓީމަށް ބަލާލާއިރު ޗިރޯ އިމްމޯބިލޭ އާއި ލޮރެންޒޯ އިންސީނިއޭ، ލިއޮނާޑޯ ބޮނޫޗީ އަދި ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހުނަރުވެރި މިޑްފީލްޑަރު ޖޯޖީނިއޯ ހިމެނެ އެވެ. އަދި ފެޑެރިކޯ ކިއޭސާ އާއި ކީޕަރު ޖިއެންލުއިޖީ ޑޮންނަރުމާގެ އިތުރުން މަޓިއޯ ޕެސީނާ އާއި މާކޯ ވެރާޓީ ވެސް ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293