twitterviber whatsapp telegramfacebookyoutube instagram
15th September 2026

ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރަނީ

ޚަދީޖާ އާދަމް
Jul 15, 2021

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ އެ ބޭންކުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރުމަށް ނިންމާފައިވަނީ އަންނަ ހޮނިހިދު ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް އިތުރު ކުރަން ހަމަޖެހިފައިވާ ސީދާ އަދަދު އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އެ ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތުން ހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުން އޮތީ މުހިންމުވެފަ އެވެ.

ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ބަދަލުގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމުންނެވެ.

މިހާރު ބޭންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ ކޮންމެ މަހަކު ކާޑަކަށް 250 ޑޮލަރުގެ ލިމިޓެކެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3,000 ޑޮލަރާ ހަމަޔަށް ކާޑުން މުއާމަލާތް ކުރެވެ އެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައެޅިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293