twitterviber whatsapp telegramfacebookyoutube instagram
14th October 2025

ފޯކައިދޫން އިތުރު 30 މީޙަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 15, 2021

ށ ފޯކައިދޫން އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިމަހު 12 ދުވަހު އެރަށުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ނެގި 45 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލެއް ޕޮޒިޓިވްވެފައިވަނީ މިއަދު އެވެ.

12 ވަނަ ދުވަހު ޕޮޒިޓިވް ކޭސްއާ ގުޅިގެން އެ މީހާގެ ފިރިމީހާވެސް ވަނީ ޕޮޒިޓިވްވެފައި އެވެ. މިހާރު އެރަށުގެ ޖުމްލަ އަދަދު މިވަނީ 32 އަކަށް އަރާފަ އެވެ. އެރަށު ހެލްތް ސެންޓަރުން ބުނީ 12 ވަނަ ދުވަހުގެ ކޭސްއާ ގުޅިގެން 38 ގެޔެއް ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއަދު ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ރަށުގެ ދެ ބައިކުޅަ އެއްބައި ގެތަކަށް ކަރަންޓީނުކުރަން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ހެލްތް ސެންޓަރު މެނޭޖަރު އަންވަރު ވިދާޅުވި އެވެ.

ގިނަ ބަޔަކު ޕޮޒިޓިވުމާ ގުޅިގެން ފޯކައިދޫ ރައީސް އަހުމަދު އާސިފް ވަނީ ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަމާއެކު އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެންމެ ގުޅިގެން ކުރާ މަސައްކަތުން އަރާގަނެވޭނެ ކަމަށެވެ.

މިމަހު 12 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި 61 އަހަރުގެ އަންހެން މީހާ ކުޅުދުއްފުއްޓަށް ގެނައުމަށްފަހު އިތުރު ފަރުވާއަށް ވަނީ ބ އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355