twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑުގައި 49 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Jul 16, 2021

ކޮވިޑްގައި ޖެހިގެން މިއަދު 49 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއްކަމަށެވެ.

އެމީހާ މަރުވެފައިވަނީ ރޭ ފަރުވާދެމުން ދަނިކޮށް ރޭ 00:17 ހާއިރު އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،622 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،562 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355