twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައީސްއާ ހިއްސާކުރެއްވި ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއްވި : ސިޓީ ކައުންސިލް

އަބްދުލް ވާހިދު ޙަސަން
Jul 17, 2021
3

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރައީސް ސޯލިހްއަށް ހުށަހެޅި ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއްވާފައިވާކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފި އެވެ. މިމަހުގެ ފުރަތަމަ ކޮޅު ރައީސް ސޯލިހް ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުންނާ ވާޗުއަލްކޮށް ބައްދަލުކޮށް ރަށުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އެކަށީގެންވާ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުއެއް ހިންގައިދިނުމަށާއި ކުނި މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކުރުމާއި ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށްދިނުމާއި މަގު ހެދުމުގެ ދެވަނަ ފިޔަވަހީ ހުރި މައްސަލަތަކާއި ކައުންސިލް އިދާރާއަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހިއްސާކުރެއްވި އެވެ.

ރައީސް މިހާރު ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިޓީ ކައުންސިލް މެމްބަރުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ، އެންމެ ފަހު ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ސަރުކާރުން މިހާރުވެސް ހައްލު ހޯދައިދެއްވާފައިވާކަމަށެވެ.

އެގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ކުރީގެ މަގުތަކާ ގުޅުވާލެވޭގޮތަށް ބަދަލުކުރުމާއި، ޑީވޯޓަރިން ހިމެނޭގޮތް އެ މަޝްރޫއު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކުވެސް ބައްދަލުކުރައްވާފަ އެވެ. ރޭގެ ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލް މެމްބަރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި، ސިޓީ ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފަ އެވެ. އޭގެ ތެރޭގައި، ސިޓީ ކައުންސިލުން ވަނީ އާ ޓާޝިއަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާބެހޭގޮތުންނާއި، މިހާރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނާއި، އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބިން ބޭނުންކުރެވޭގޮތް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ޒުވާނުންނާއި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މުހިންމު ގިނަ ކަންތައްތަަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުން ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތައް ކުރިއަށް ދާގޮތާ ބެހޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެކަމަށާއި، އަދި ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ޝަރަފުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އަދި އެޑިއުކޭޝަން މިނިސްޓަރުގެ އައިޝަތު އަލީ އަދި ހައުންސިންގ މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން އިތުރު ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355