twitterviber whatsapp telegramfacebookyoutube instagram
15th August 2026

މުޒާހަރާއަށް ނުކުމެ އުޅޭއިރު ކުރީގެ ރައީސުނަށް ސެކިއުރިޓީ ނުދޭން ނިންމައިފި

Jun 30, 2026

ކުރީގެ ރައީސުން މުޒާހަރާތަކަށް ނުކުމެ އުޅުއްވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްނުދޭ ގޮތަށް އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު އިސްލާހުކުރަން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، މި އިސްލާހު ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ. މި ނިންމުން ފާސްވެގެންދިޔައީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ތިން މެންބަރަކު އިސްލާހާ ދެކޮޅަށް ވޯޓު ދިނެވެ. އެގޮތުން އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

ކުރީގެ ރައީސުންނަށް މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ކޮމިޓީން ފާސްކުރިއިރު، މިދިޔަ މެއި މަހު، ކުރީގެ ތިން ރައީސުން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވެވަޑައިގެންފައެވެ. އެއީ ކުރީގެ ރައީސުން، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355