twitterviber whatsapp telegramfacebookyoutube instagram
5th July 2026

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ ކަމަށް އެއްބަސްވެއްޖެ

Jul 5, 2026

އިދިކޮޅު ތިން ލީޑަރުން ގުޅިގެން ފެށި މަސައްކަތްތައް މަޑުޖެހިއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފި އެވެ.

ނަޝީދާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިކަމުގެ ދިފާއުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމަވައިފަ އެވެ. އަދި އެކަމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތުން މަންދޫބުންތަކެއް އައްޔަން ކުރައްވައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލި އެވެ.

ނަމަވެސް އޭގެ ފަހުން އެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިޔަށް ނުގޮސް އޮއްވާ މި ފަހުން ޔާމީން ވަނީ އެ މައްސަލާގައި ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް އިޝާރަތް ކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވައިލި ކޮމިޓީ ބައްދަލުވި ކަމަށާއި ނަމަވެސް އޭގެ ފަހުން އެ މަސައްކަތް ކުރިޔަށް ނުދާ ކަމަށެވެ.

"އެ ކޮމިޓީ ދެ ފަހަރު ބައްދަލުވީ. ބައްދަލުވުމަށް ފަހު، އަޅުގަނޑުމެންނަށް އެ މަގުން މާ ބާރަށް ކުރިއަށް ހިނގިފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މަސައްކަތް އެކީ ހުއްޓުނީތޯ ނޫސްވެރިން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ މަސައްކަތް އެއްކޮށް ނުހުއްޓޭ ކަމަށެވެ.

ނަމަވެސް އޭރު ޖަލަށްލި ނޫސްވެރިން ދޫކޮށްލުމުން މަޑުޖެހިލާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނޫސްވެރިކަމުގެ ދިފާއުގައި އަދިވެސް ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355