twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 219 އަށް އަރައިފި

ޚަދީޖާ އާދަމް
Jul 24, 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދިޔަ 60 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އެމީހާ މަރުވެފައިވަނީ ރޭ 11:43 ހާއިރު ކަމަށެވެ.

މި މަރާއެކު ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 219 އަށް އަރާފައެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 73،710 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދަކީ 2،606 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355