twitterviber whatsapp telegramfacebookyoutube instagram
6th April 2026

ކުޅުދުއްފުށީގައި ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު ބޮޑު، ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Jul 25, 2021
2

ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރިފައި އޮތުމުގެ ފުރުސަތު ބޮޑުކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ރައްޔާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަށުގައި ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު އޮތުމާއެކު ހުރިހާ ބޭފުޅުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށާއި މާސްކުއަޅައިގެން އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އަދި މި ދުވަސްވަރަކީ ޗުއްޓީގެ ދުވަސްވަރު ކަމުން އެއްވެ އުޅުމުގެ ކޮންޓެކްޓް ބަބުލް ކުޑަކޮށް ގައިދުރުކުރަން ބެހެއްޓުމަށާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލީގެ އަލާމާތް ހުރެގެން ފްލޫ އޯޕީޑީއަށް މިމަހު 23 ގައި ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވެގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ ހަވީހު އެވެ. އެ ކުއްޖާއާއި ގުޅުންހުރި ދެ މީހަކުވެސް މިހާރު ޕޮޒިޓިވްވެފައިވާއިރު އިއްޔެ ފްލޫ އޯޕީޑީއަށް ދެއްކި 16 އަހަރުގެ ކުއްޖަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މިއާއެކު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 4 އަރާފައެވެ.

ހޮސްޕިޓަލުންވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފުލޫ އޯޕީޑީއަށް ދެއްކުމަށް ނުވަތަ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355