twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮވިޑް ޖެހުނު 74،000 މީހުން ބަލިން ފަސޭހަވެއްޖެ

ޚަދީޖާ އާދަމް
Jul 27, 2021

ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 74،000 ވުރެ ގިނަ މީހުން ބަލިން ފަސޭހަ ވެއްޖެ އެވެ.

މިހާތަނަށް ރާއްޖޭން 76،848 މީހަކަށް ބަލި ޖެހިފައިވާއިރު އޭގެތެރެއިން 74،020 މީހުންވަނީ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގެ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،597 އެވެ.

13 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާއިރު ފާއިތުވި 24 ގަޑިއިރުތެރޭގައި 2،597 ސާމްޕަލެއް ވަނީ ޓެސްޓްކޮށްފައެވެ.

ފަހަކަށްއައިސް ރާއްޖޭން ކޮވިޑް ކޭސްތައް މަދުވަމުންދާއިރު އިއްޔެ ޕޮޒިޓިވްވެފައިވަނީ 98 މީހެކެވެ. އެއީ މާލެއިން 26 މީހަކާއި، އަތޮޅުތެރެއިން 55 މީހުން އަދި ރިސޯޓުތަކުން 17 މީހެކެވެ.

މިހާތަނަށް މިބަލިން ރާއްޖޭން 219 މީހަކު ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293