ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ޕުރިމިއާ ލީގުގެ މެޗުތައް މިމަހު ފަށާނެ އެވެ. ބަލަންވީ މީޑިއާނެޓުންނެވެ. މިއީ ދުނިޔޭގެ އެންމެ ހައި ޕުރޮފައިލް ފުޓްބޯޅަ ލީގެވެ.
ބާކްލޭސް ޕުރިމިއާ ލީގުގެ 2021/2022 ގެ ސީޒަނު ފަށާއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަން ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީން ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ. ވާދަވެރި ކުލަބުތަކުގެ ރޭވުންތަކާއެކު މިފަހަރުގެ ތަށި ހޯދުން މެންޗެސްޓަރ ސިޓީއަކަށް ފަސޭހައެއް ނުވާނެ އެވެ. ޓީމުތައް ވަރުގަދަކުރަން އެޓީމުތަކުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނެސްފައި ތިބި ކުޅުންތެރިންނަށް ބަލާލުމުންވެސް ލީގު ފޯރިގަދަވާނެވަރު އެގެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އަރަމުން އަންނަ ޒުވާން މިޑްފީލްޑަރު ޖޭޑަން ސާންޗޯ އާއި ދުނިޔޭގެ އެންމެ މޮޅެތި ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުރިން ލަލީގާގެ ގަދަބާރު ރެއާލް މެޑްރިޑަށް ކުޅުނު ރަފައޭލް ވަރާން ވެސް އެޓީމަށް ގެނެސްފަ އެވެ.
ޗެމްޕިއަންޝިޕުގެ ޓީމުތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ އެންމެ މަތީ ޑިވިޝަން ޕުރިމިއާ ލީގަށް ޕުރޮމޯޓްވި ޓީމުތައް ކަމަށްވާ ވަޓްފޯޑާއި، ބުރެންޓްފޯޑްގެ އިތުރުން ނޯވިޗްގެ އެރައިވަލް އަކީ ވެސް ލީގު ފޯރިގަދަވާނެ އެއްސަބަބެވެ.
މިމަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ދަންވަރު ބާރަ ޖަހާއިރު ޕުރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް ނުކުންނާނީ އަލަށް ޕުރިމިއާ ލީގަށް ޕުރޮމޯޓްވި ބުރެންޓްފޯޑާ ދެކޮޅަށެވެ.
މިމެޗުތައް މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ފޯނުން ނުވަތަ ލެޕްޓޮޕުން ނުވަތަ ޓެބްލެޓުންވެސް ބަލާލެވޭނެ އެވެ. އަދި އެންޑްރޮއިޑްގެ ޔޫއެޗްޑީ ޓީވީ ބޭނުންކުރާ ކަސްޓަމަރުންނަށް އެމްއެސްޓީވީ މެދުވެރިކޮށްވެސް މެޗުތައް ބަލާލެވޭނެ އެވެ.
މެޗުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު މީޑިއާނެޓުގެ ޓްވިޓާ އެކައުންޓް މީޑިއާނެޓްއެމްވީއިން އަދި ބީމެއިލްގެ ލައިވް އިވެންޓް މެދުވެރިކޮށްވެސް ބަލާލެވޭނެ އެވެ. އަދި މީޑިއާނެޓުގެ އެހެނިހެން ސޯޝަލް މީޑިއާ ޕުލެޓްފޯމުތަކުންވެސް މި މައުލޫމާތުތައް ލިބެން ހުންނާނެ އެވެ.