ހުރިހާ އެންމެނަށްވެސް އެކަށީގެންވާ ހިންދީ، އިނގިރޭސި، ދިވެހި ފިލުމު ތަކާއި ސީރީސްތަކުގެ އިތުރުން ކުޑަކުދިނަށް ހާއްސަ ކާޓޫނުތައް އަދި އަމިއްލަ ދިވެހި އުފެއްދުންތައް މީޑިއާނެޓަށް ސަބްސްކުރައިބް ކޮށްލައިގެން ބަލާލެވޭނެއެވެ.
މިހާރު ކުރިއަށްދާ ފުޓުބޯޅަ މުބާރާތްތަކަށް ބަލާއިރު ބެލުންތެރިންގެ މެދުގައި އެންމެ ޝަޢުޤުވެރިކަން ހޯދައިފައިވާ އެއް މުބާރާތަކީ ޖަނަވަރީ 9 ން މިމަހުގެ 7 އަށް ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) އެވެ. މި މުބާރާތުގެ މިހާރު މިވަނީ ސެމީ ފައިނަލް ގެ މެޗުތަކާ ހަމައަށް ގޮސްފަ އެވެ. ސެމީފައިނަލް ގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާ ބުރްކިނާ ފަސޯ އަދި ސެނެގާލް ގެ މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ އެވެ.
ސެމީފައިނަލްގެ 2 ވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ ފެބުރުއަރީ 4 ވަނަ ދުވަހުއެވެ. ސެމީ ފައިނަލްގެ 2 މެޗުވެސް ކުޅޭނީ މެޗުކުޅެން ހަމަޖެހިފައިވާ ދުވަހުގެ މެންދަމު 12 ޖަހާއިރުއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 6 ވަނަ ދުވަހު ރޭގަނޑު 9 ޖަހާއިރުއެވެ. އެފްކޯން ގެ ހުރިހާ މެޗެއްވެސް އައިސް ސްޕޯޓްސް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ފެނިގެންދާނެކަމަށް މީޑީއާ ނެޓުން ބުނެއެވެ.
ޕްރިމިއާ ލީގުގެ މެޗްތައްވެސް އަންނަ ހަފްތާގައި އައިސް ޓީވީ އަދި އައިސް ސްޕޯރޓްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް މީޑިއާނެޓުން ބުންޏެވެ.
ހިންދީ ޝޯތައް ކަލާސް އެޗްޑީ ޗެނަލްއިން ވަނީ "ހުނަރުބާޒު" ކިޔާ އާޝޯއެއް ފަށާފައެވެ. އެކި އުމުރުފުރާތަކަށް ތަފާތު ހުނަރު ދައްކާލަދޭ މި ޝޯގެ ޖަޖުންގެ ގޮތުގައި މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ، ރީތި ފިލްމްތައް ޑައިރެކްޓް ކޮށްފައިވާ ކަރަން ޖޯހަރު، އަދި ކުރީގެ މަޝްހޫރު ތަރި މިތުން ޗަކްރަބަތީ ފެނިގެންދާނެއެވެ. ހުނަރުބާޒު ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެ ރޭ 20:30ގައި ކަލާސް އެޗްޑީ ޗެނަލް (854) އިން ބަލައިލެވޭނެއެވެ.
ދިވެހި އަމިއްލަ އުފެއްދުންތަށް ކަމަށްވާ މީޑިއާނެޓް އޮރިޖިނަލްސް، ފެޝަން އިން ހައުސް އައިސްޓީވީއިން ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ 21:00 ޖަހާއިރު ބަލައިލެވޭނެއެވެ. ކޮންމެ އެޕިސޯޑެއްގައިވެސް ލޯކަލް ޑިޒައިނަރަކަށް ހާއްސަވާ ރީތި ހެދުންތަކެއް މި ޝޯއިން ފެނިގެންދާނެއެވެ.
މިޝޯތައް އަދި މިނޫންވެސް އެހެން ޝޯތައް މީޑިއާނެޓަށް ސަބްސްކްރައިބް ކޮށްލައިގެން ބަލައިލެވޭނެއެވެ. އަދި އެމްއެސް މީޑިއާނެޓް އެޕްއަށް ރަޖިސްޓަރ ކޮށްލައިގެން މީޑިއާނެޓުގެ ބޭސިކް، ފެމިލީ އަދި ވޯންޓް އިޓް އޯލް ކަސްޓަމަރުންނަށް ފޯނުން ހިލޭ ބަލައިލެވޭނެއެވެ.