twitterviber whatsapp telegramfacebookyoutube instagram
19th August 2025

އެމްއެންޔޫގެ 'ވަން-ސްޓޮޕް އެޑްމިޝަން' މިއަދު ހަވީރު ކުޅުދުއްފުށީގައި

Aug 19, 2025

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޯގަސްޓް 2025 އިންޓޭކާ ދިމާކޮށް އަންގާރަ ދުވަހު "ވަން-ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި ހަރަކާތެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

މިހަރަކާތް ކުރިރިއަށް ގެންދާނީ އެން.އެން.ޔޫ ކުޅުދުއްފުށި ކެމްޕަހުގައި 19 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00އަށެވެ.

މިއީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ކުރިއަށް އޮތް އިންޓޭކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޯށްދިނުމަށް ބޭއްވޭ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. ނަތީޖާތަކަށް ބެލުމަށްފަހުޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން އެދުވަހުން އެދުވަހަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފުރުސަތުގެ ބޭނުން ހިފުމަށް އިވެންޓަށް ދަރިވަރުން އަންނައިރު ނަތީޖާ ކަރުދާހާއި އައިޑީކާޑު ގެނައުމުން ޔުނިވާސިޓީގެ ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހަމައެއާއެކު ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ވެސް ހިއްސާކުރާނެއެވެ. އަދި މަތީ ތައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު އިވެންޓުގައި ބައިވެރިވާ މީހުންނާ ހިއްސާ ކުރާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އަދި މީގެ އިތުރުން ކެރިއަރގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355