twitterviber whatsapp telegramfacebookyoutube instagram
27th April 2024

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަންގެތެރެއިން އަގުހުރި އިނާމުތަކެއް

ޚަދީޖާ އާދަމް
Nov 15, 2021

"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި ކުރިއަށް ގެންދާ ޕުރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި ޢިނާމުތަކެއް ހޯދުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިފި އެވެ.

މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ނުވަތަ ފުލް ޕެކޭޖަށް މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕްއަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަޞީބުވެރި 2 ފަރާތަކަށް iPhone 13 Pro އެއް ލިބިގެންދާނެއެވެ.

ފެމިލީ ޕެކޭޖަށް ވުރެން މަތިން މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕައަށް ރަޖިސްޓްރީ ކުރައްވައިގެން ގުރުއަތުން ހޮވޭ ނަޞީބުވެރި 2 ފަރާތަކަށް ކޮންމެ މަހަކު 55 އިންޗީގެ ޓީވީއެއް ލިބިގެންދާނެއެވެ.

އަދި ދެމަހަށް އެއްފަހަރާ މަހުފީ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ރިސޯޓު ދަތުރެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަންގަވައިފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕްއަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޕުރޮމޯޝަންގެ މުއްދަތުގައި އެމް އެސް އެޕްއަށް ރަޖިސްޓަރ ކުރާ ހުރިހާ ބޭފުޅުންނަށް 01 މަސް ދުވަހަށް ޗެނަލް ތަކާއި އެކު ވީ.އޯ.ޑީ ހިލޭ ލިބިގެންދާނެއެވެ. އެމްއެސް ވީ.އޯ.ޑީ މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން އެމް.އެސް.ޓީވީ އަދި އެމް.އެސް. ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑް ރޮއިޑް ޓީވީ، ސެމްސަންގް އަދި އެލްޖީ ޓީވީއިންވެސް ބަލައިލެވޭނެއެވެ.

ޕޮރޮމޯޝަން ކުރިއަށްދާނީ 10 ނޮވެމްބަރ 2021 ން 10 ޖެނުވަރީ 2022 ނިޔަލަށެވެ. މި ޕުރޮމޯޝަން އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3320800 ގުޅުއްވާލައްވާ ނުވަތަ މި ލިންކުން https://medianet.mv/vas/enmmenah_medianet_promotion ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355