twitterviber whatsapp telegramfacebookyoutube instagram
17th September 2024

ވެކްސިން ޖެހި މީހުން ދެނެގަންނަން ކިއުއާރް ކޯޑެއް ބޭނުންކުރަނީ

ޚަދީޖާ އާދަމް
Aug 9, 2021
1

ވެކްސިން ޖެހި މީހުން ފަސޭހައިން ދެނެގަނެވޭ ގޮތަށް ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ އެކި ގައުމުތަކުގައި ބޭނުންކުރާ މި ސިސްޓަމްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާ އޭނާ ވިދާޅުވީ ކިއުއާރު ކޯޑު ސްކޭންކުރަން ބޭނުންކުރާނެ އެޕްލިކޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ވެކްސިން ޖެހި މީހުންގެ ޑާޓާބޭސް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސަރުކާރު އޮފީސްތަކުންނާއި އާންމު ތަންތަނުން ހިދުމަތް ހޯދުމުގައި ތަފާތުކުރުން ގެންގުޅެވޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހުއްދަ ދީފައެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތުކޮށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރެވޭނެ ކަމަށެވެ.

އެގޮތުން އާންމު ހިދުމަތްތައް ހޯދަން ދާ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މުވައްޒަފުންނާ މެދު ވަކި އުސޫލަކުން އަމަލުކުރަން ވަނީ ހުއްދަ ދީފަ އެވެ.

ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ދަތުރުކުރާ މީހުން ކަރަންޓީނުވުމާއި ޕީސީއާރް ޓެސްޓްކުރުމަށް އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް ވެސް އަންނަ މަހުން ފެށިގެން އަމަލުކުރާނެ އެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފަށާފައިވާ ކެމްޕޭނުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން، ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓުގެ ވެކްސިން ފުރިހަމަ ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355