twitterviber whatsapp telegramfacebookyoutube instagram
6th September 2026

ވެކްސިން ދެ ޑޯޒް ހަަމަކުރި މީހުންގެ އަަދަދު 294،109 އަރައިފި

Aug 14, 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ރާއްޖޭން ފުރިހަމަކުރި މީހުންގެ އަދަދު 294،109 އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ޖުމްލަ 342،511 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 294،109 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެެވެ.

އެގޮތުން އިއްޔެ މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް 630 މީހަކު ޖެހިއިރު އަތޮޅުތަކުން 872 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.

އަދި އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 1،204 އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 641 މީހަކާއި އަތޮޅުތަކުން 563 މީހެކެވެ.

މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355