twitterviber whatsapp telegramfacebookyoutube instagram
25th October 2026

އޮސްކާގެ ބަޝުންދަރައިން ރާއްޖޭގެ މާޒިޔާ ބަލިކޮށްފި

Aug 19, 2021

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގައި ރޭ ރާއްޖޭގެ މާޒިޔާ 2-0 ން ބަލިކޮށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސްއިން ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފި އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ބޯޅައެއް ސާފުކޮށްލަންވެގެން އިރޭ ފޮނުވާލި ބޯޅަ ކީޕަރު މިރްޒޮހިދު ކުރިއަށް އަރައި ހުރި ވަގުތު މަތިން ގޯލުގެ ތެެރެއަށް ވެއްޓިގެން ބަޝުންދަރައިން ލީޑު ނެގި އެވެ. އެހާ ހިސާބުން ބަޝުންދަރައިން އިތުރަށް ކުޅުން ރަނގަޅުކުރި އެވެ. އަދި މާޒިޔާގެ ޑިފެންސަށް ބާރުބޮޑުކުރަން ފެށި އެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ބަޝުންދަރާ އިން ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އެޓީމުގެ ވަނީ ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލާފަ އެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު މެޗުން ބެންގަލޫރު ވަނީ އޭޓީކޭ މޯހަން ބަގާން އަތުން 2-0 އިން ބަލިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293