twitterviber whatsapp telegramfacebookyoutube instagram
20th April 2024

ަގައުމުގެ ހާލަތު އޮތްގޮތުން އަފްގާނަށް އޭއެފްސީ ކަޕް ކޮލިފައިންގައި ބައިވެރިނުވެވުނު

މުޙައްމަދު އަހުމަދު
Oct 26, 2021

މިހާރު ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އަފްގާނިސްތާނުގެ 23 އަހަރުން ދަށުގެ ޓީމަށް ކޮލިފައިންގެ މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އޭއެފްއެފްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަފްގާނިސްތާންގެ 23 އަހަރުން ދަށުގެ ޓީމު ކޮލިފައިން މެޗުތަކަށް ފޮނުވުމަށް ފެޑަރޭޝަނުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް އަފްގާނިސްތާން ހާލަތު މި ވަގުތު އޮތް ގޮތުން އެކަން ކާމިޔާބުވާ ގޮތެއް ނުވި ކަމަށެވެ.

އެފެޑެރޭޝަނުން ބުނީ އަފްގާނިސްތާނުގެ އޮލިމްޕިކް ކޮމެޓީއާއި ގަތަރުގެ އޮލިމްޕިކް ކޮމެޓީއާ މަޝްވަރާކޮށް 23 އަހަރުން ދަށުގެ ޓީމު ބަހުރޭނަށް ފުރުވާލެވޭނެ އިންތިޒާމްތައް ހަމަޖެއްސުނު ކަމަށެވެ. ނަމަވެސް ކޮލިފައިންގެ ފުރަތަމަ މެޗަށް ދަތުރު ނުކުރެވުމުގެ ސަބަބުން އޭއެފްސީން ވަނީ ދަތުރު ކެންސަލްކޮށްފައި ކަމަށް އެފެޑެރޭޝަނުން ހާމަކޮށްފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްއެފްގެ މަތީ އޮފިޝަލުން ވަނީ އެގައުމުގެ ފުޓްބޯޅައިގެ މިވަގުތުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގަތަރުގެ ދޯހާގައި ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގައުމުގެ ހާލަތު މިދަނޑިވަޅުގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އެގައުމު ދޫކޮށް އެހެން ގައުމުތަކުގައި ވަޒަންވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355