twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުއަންޓަމް ވެޓަރަންސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Aug 30, 2021

ކުއަންޓަމުން އިންތިޒާމުކޮށްގެން ބާއްވާ ވެޓަރަންސް ފުޓްސަލް މުބާރާތް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހަލައިގެންނެވެ. އެއީ 35 އަހަރާއި 40 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމެނޭ ކެޓަގަރީއަކާއި 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެކެވެ.

35 އަހަރާ 40 އަހަރާ ދެމެދުގެ ކުޅުންތެރިންގެ ތެރެއިން ބައިވެރިވާން ބޭނުން ފަރާތްތަކަށް އަމިއްލައަށް ޓީމު ހަދައިގެން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ކުއަންޓަމުން ވަނީ ހުޅުވާލާފަ އެވެ. ޓީމު ރަޖިސްޓާކުރުމުގެ ސުންގަޑި އަކީ މިފެށޭ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށެވެ.

40 އަހަރުން ދަށުގެ ޓީމުތައް ރަޖިސްޓާކުރާނަމަ ޗަންދާއެއްގެ ގޮތުގައި 700 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކުއަންޓަމުން ނެރުނު ޕޯސްޓަރުގައިވެ އެވެ.

40 އަހަރުން މަތީގެ ފަރާތްތަކަށް ކުއަންޓަމަށް ވަޑައިގެން ނަންނޯޓު ކުރެވޭނެ އެވެ. އަދި ނަމާއި، އެޑްރެހާ، އައިޑީ ކާޑު ނަމްބަރު، އުފަން ތާރީހު އަދި ގުޅޭނެ ނަމްބަރެއް ޖެހުމަށްފަހު 7717666 އެސްއެމްއެސް ކުރައްވައިގެން ވެސް ނަންނޯޓުކޮށްލެވޭނެ އެވެ.

40 އަހަރުން މަތީގެ ކުޅުންތެރިން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ ވެސް މިފެށޭ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށެވެ.

ޓީމު ރެޖިސްޓްރޭޝަން ފޯމު ކުއަންޓަމުން ފިހާރައިން ލިބޭނެ ކަމަށް ކުއަންޓަމުން ފާހަގަކޮށްފައިވެ އެވެ. އަދި އިތުރަށް މައުލޫމާތު ސާފުކޮށްލެވުމަށް 6528687 މިނަމްބަރަށް ގުޅައިގެން ވެސް އޮޅުންފިލުވާލެވޭނެ އެވެ. މިއީ މި މުބާރާތް މެދުނުކެނޑި ބާއްވަމުން އަންނަތާ 8 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355