twitterviber whatsapp telegramfacebookyoutube instagram
7th October 2026

ކުއަންޓަމް ވެޓަރަންސް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 30, 2024

ކުއަންޓަމުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ވެޓަރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޮކްޓޯބަރު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި ހަމަވާނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ 22:00 އަށެވެ. މިއީ ހަމަ އެކަނި ފިރިހެނުންނަށް ހާއްސަކޮށް ބާއްވާ މުބާރާތެކެވެ.

1 އޮކްޓޯބަރަށް 35 އަހަރު ފުރިފައިވާ ކޮންމެ ރަށެއްގެ މީހަކަށްވެސް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާއިރު މި އަހަރު މި މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އެންމެ ކެޓަގަރީ އެކެވެ. އެއީ 35 އަހަރުން މަތީގެ ކެޓަގަރީ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ނަމާއި، އެޑްރެހާ، އައިޑީ ކާޑު ނަމްބަރު، އުފަން ތާރީހު އަދި ގުޅޭނެ ނަމްބަރެއް ޖެހުމަށްފަހު 7959183 އަށް ވައިބަރ މެސެޖެއް ކުރައްވައިގެން ނަންނޯޓުކޮށްލެވޭނެ އެވެ.

މިއީ ކުއަންޓަމް ފިހާރައިން އިންތިޒާމުކޮށްގެން މެދުކެނޑުމެއް ނެތި މި މުބާރާތް ބާއްވަމުން އަންނަތާ 10 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293