twitterviber whatsapp telegramfacebookyoutube instagram
28th April 2024

12 ޓީމާއެކު ކުއަންޓަމް ވެޓެރަންސް ކަޕް ފަށައިފި

މުޙައްމަދު އަހުމަދު
Oct 3, 2021
1

12 ޓީމާއެކު ކުއަންޓަމް ވެޓެރަންސް ކަޕް 2021 ފަށައިފި އެވެ. މުބާރާތް ފަށާފައިވަނީ ރޭގަ އެވެ.

މިމުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށް ބަހަލައިގެންނެވެ. އެއީ 35 އަހަރާއި 40 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމެނޭ ކެޓަގަރީއަކާއި 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެކެވެ.

35 އަހަރާ 40 އަހަރާ ދެމެދުގެ 4 ޓީމެއް މުބާރާތުގައި ބައިވެރިވެފައިވާއިރު 40 އަހަރުން މަތީގެ 8 ޓީމެކެވެ.

35 އަހަރާ 40 އަހަރުން ދެމެދުގެ ކެޓަގަރީގައި ހިމެނޭ 4 ޓީމަކީ ޒިގްޒެގާއި ބާކީ އަދި ކެޑާއި ޓީމް ބެއާޑެވެ. މިޓީމުތަކުގެ ތެރެއިން ފައިނަލުގައި ބައްދަލުކުރާނީ އެއްވަނަ އަދި ދެވަނައަށްދާ ދެޓީމެވެ.

40 އަހަރުން މަތީގެ ކެޓަގަރީ ދެގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އޭގައި ހިމެނެނީ ވީއްލާލި، އެންޓެކް އަދި ބަލްޓިކްގެ އިތުރުން ލާސްޓް ވަން އެވެ. ގްރޫޕް ބީގައި ހިމެނެނީ ނޯޓިކާ، ކޮޅުން ބޮކުން އަދި ޗެލެންޖްގެ އިތުރުން ޕްލަސް 40 އެވެ. މިކެޓަގަރީގައި ސެމީ ފައިނަލްގެ މެޗު ކުޅެވޭނެ އެވެ. ސެމީގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ އާއި ގްރޫޕް ބީގެ ދެވަނަ އަދި ގްރޫޕް ބީގެ އެއްވަނަ އާއި ގްރޫޕް އޭގެ ދެވަނަ އެވެ.

މިމަހުގެ 2 ން 13 އަށް ކުރިއަށްދާ މިމުބާރާތުގައި ކޮންމެ ރެއަކު ދެމެޗު ކުޅެން ހަމަޖެހިފައިވެ އެވެ. އެއީ 8:15 ގައި އެއްމެޗު އަދި 9:15 ގައި ދެވަނަ މެޗެވެ.

40 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ. އަދި 40 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.

ރޭ ކުޅެވުނީ 40 އަހަރުން މަތީގެ ގްރޫޕް އޭގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ވީއްލާލި އާއި ލާސްޓް ވަން އެވެ. މިމެޗު 3 - 1 ން ކާމިޔާބުކުރީ ވީއްލާލި އެވެ. ވީއްލާލިގެ ލަނޑުތައް ޖަހައިދިނީ ޖާޒީ ނަމްބަރު 12 އާދަމް މުހައްމަދާއި ޖާޒީ ނަމްބަރު 9 ހަސަން އަހުމަދެވެ. އޭގެތެރެއިން އާދަމް މުހައްމަދު ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. ލާސްޓް އަންގެ ހަމައެކަނި ލަނޑުޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 17 އަސްލަމް މުހައްމަދެވެ.

މިމެޗު ޝަރަފުވެރިކޮށްދިނީ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދެވެ. އަދި މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީއްލާލިގެ ޖާޒީ ނަމްބަރު 12 އާދަމް މުހައްމަދެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އެންޓެކާއި ބަލްޓިކެވެ. މިމެޗު ނިމުނީ 4 - 4 ން ދެޓީމު އެއްވަރުވެގެންނެވެ. އެންޓެކްގެ ލަނޑުތައް ޖަހައިދިނީ ޖާޒީ ނަމްބަރު 23 އަބްދުލް ހަކީމް އުމަރާއި ޖާޒީ ނަމްބަރު 7 އަލީ މުހައްމަދުގެ އިތުރުން ޖާޒީ ނަމްބަރު 39 އަބްދުލް މަޖީދު އާދަމެވެ. އަދި އެޓީމުގެ 4 ވަނަ ލަނޑަކީ ބަލްޓިކްގެ ޖާޒީ ނަމްބަރު 7 އަލީ ހާޝިމްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބަލްޓިކްގެ ލަނޑުތައް ޖަހައިދިނީ ޖާޒީ ނަމްވަރު 5 އަބްދުލް ލަތީފް ހަސަނާއި ޖާޒީ ނަމްބަރު 21 އަލީ އިބްރާހިމްގެ އިތުރުން ޖާޒީ ނަމްބަރު 10 މުހައްމަދު ނަދީމާއި ޖާޒީ ނަމްބަރު 49 މުހައްމަދު އަބްދުލް ކަރީމެވެ.

މިމެޗު ޝަރަފުވެރިކޮށްދިނީ ކައުންސިލް މެމްބަރު އަހްމަދު އަބްދުﷲ އެވެ. އަދި މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަލްޓިކްގެ ޖާޒީ ނަމްބަރު 10 މުހައްމަދު ނަދީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355