twitterviber whatsapp telegramfacebookyoutube instagram
13th January 2026

ނަންބަރު ދަށެއް ނުވޭ، ކޮވިޑް ޖެހުނު މީހުންގެ އަދަދު 80،960 އަށް

ޚަދީޖާ އާދަމް
Aug 31, 2021
1

ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 80،960 އަށް އަރައިފި އެވެ. އިއްޔެ ވެސް ރާއްޖޭން 169 މީހުންނަށް ވަނީ ކޮވިޑްޖެހިފައެވެ. އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު މި ވަނީ 1،709 އަށް އަރާފައެވެ.

އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ މާލެ ސަރަހައްދުން 49 މީހުން، އަތޮޅު ތެރެއިން 119 މީހުން އަދި ރިސޯޓަކުން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 79،012 މީހުން ބަލިން ފަސޭހަ ވެފައިވާއިރު މިވަގުތު 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި މިހާތަނަށް 226 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މި މަހު ސަރުކާރުން ފަށާފައިވާއިރު މިހާތަނަށް ރާއްޖޭން 301،857 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން އިއްޔެ 334 މީހަކު ވެކްސިން ފުރިހަމަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355