twitterviber whatsapp telegramfacebookyoutube instagram
19th April 2024

ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީޒްމަން އެނބުރި އެތްލެޓިކޯއަށް

މުޙައްމަދު އަހުމަދު
Sep 1, 2021

ލަލީގާގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑުން އެޓީމަށް ކުރިން ކުޅުނު ފޯވާޑް އެންޓުއާން ގްރީޒްމަން ލޯނު އެއްބަސްވުމެއްގެ ދަށުން ބާސާއިން އެޓީމަށް އަނބުރާ ގެނެސްފި އެވެ.

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފޯވާޑްގެ މުސާރަތައް އެތްލެޓިކޯއިން ދައްކާނެ އެވެ. އަދި މިއެއްބަސްވުން ދާއިމީ ކުރެވޭ އުސޫލެއްވެސް އޮވެ އެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ވަނީ 2019 ވަނަ އަހަރު 107 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވުމުގެ ކުރިން އެތްލެޓިކޯއަށް ކުޅެދިން 257 މެޗުގައި 133 ގޯލު ކާމިޔާބުކޮށްފަ އެވެ.

ބާސާއާއެކު ހޭދަކުރި ދުވަސްތަކުގައި 102 މެޗުން އޭނާއަށް ޖެހުނީ އެންމެ 35 ގޯލެވެ. އަދި ބާސާއާއެކު ގްރީޒްމަންއަށް ކާމިޔާބުކުރެވުނީ 1 ކޮޕާ ޑެލްރޭ ތަށްޓެވެ.

ބާސާއަށް ކުރިމަތިވެފައިވާ ދަރަންޏާއި މުސާރައިގެ ދަތިކަމުން މިފަހަރުގެ ސަމާގައި ބާސާ ދޫކޮށްލި މީ 11 ވަނަ ކުޅުންތެރިޔާ އެވެ. އޭގެތެރޭގައި ދުނިޔެދުށް އެންމެ މޮޅު އެއްކުޅުންތެރިޔާ ލިއޮނަލް މެސީވެސް ހިމެނެ އެވެ. މެސީ ވަނީ ދާދިފަހުން ފްރާންސްގެ ގަދަބާރު ޕީއެސްޖީއަށް ސޮއިކޮށްފަ އެވެ.

ޓްރާންސްފާ މާކެޓް އިއްޔެ ނިމުނުއިރު އެއްދުވަހެއްގެ ތެރޭގައި ބާސާއިން ދޫކޮށްލި މިއީ 3 ވަނަ ކުޅުންތެރިޔާ އެވެ. ކަނާތު ބެކް އެމާސަން ރޯޔަލް ބާސާ ދޫކޮށް ޓޮޓެންހަމަށް 25.8 މިލިއަން ޕައުންޑުގެ ފީއަކަށް ބަދަލުވިއިރު ޒުވާން މިޑްފީލްޑަރު އިލެއިކްސް މޮރައިބާވެސް ވަނީ ބާސާ ދޫކޮށް 13.7 މިލިއަން ޕައުންޑުގެ ފީއަކަށް އާރބީ ލިޕްޒީގަށް ސޮއިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355