twitterviber whatsapp telegramfacebookyoutube instagram
14th July 2026

އޭޝިއަން ޗެމްޕިއަންޝިޕަށް ގައުމީ ޓީޓީ ޓީމު ގަތަރަށް ފުރައިފި

މުޙައްމަދު އަހުމަދު
Sep 25, 2021

ގަތަރުގެ ދޯހާގައި އަންނަ އަންގާރަދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ގަތަރަށް ފުރައިފި އެވެ. ގައުމީ ޓީމު ގަތަރަށް ފުރީ ރޭގެ ވަގުތެއްގަ އެވެ.

މިމުބާރާތް ކުރިއަށްދާނީ އަންނަ އޮކްޓޫބަރު މަހުގެ 5 ގެ ނިޔަލަށެވެ. ޓީޓީ ޗެމްޕިއަންޝިޕަށް މިފަހަރު ނެގި ގައުމީ ސްކޮޑުގައި ހިމެނެނީ ޖުމްލަ 8 ކުޅުންތެރިންނެވެ. އެއީ 4 ފިރިހެން އަދި 4 އަންހެން ކުޅުންތެރިންނެވެ.

އެކުޅުންތެރިންނަކީ މިޝްކާ މުހައްމަދު އިބްރާހިމް އާއި ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އެވެ. އަދި ފިރިހެން ހަތަރު ކުޅުންތެރިންނަކީ އަކްޔާލް އާއި މޫސާ މުންސިފްގެ އިތުރުން ޝައްފާން އިސްމާއިލާއި ޒީސްތު ނަސީމް އެވެ.

އުމުރުން 13 އަހަރުގެ މިޝްކާ މުހައްމަދު އިބްރާހިމް ބައިނަލްއަގުވާމީ މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރާމީ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީޓީ ޓީމަށް މިމުބާރާތުގައި އިރުޝާދުދޭނީ މިދިޔަ މާޗުމަހުގެ ތެރޭގައި ގައުމީ ޓީމާ ހަވާލުވި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355