twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮމަންވެލްތް ގޭމްސް: ގްރޫޕްގެ އެއްވަނަ ހޯދާ ރަފާ ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Aug 4, 2022

މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖުން ވާދަކުރި ގްރޫޕުގެ އެއްވަނަ ހޯދާ ރާއްޖޭގެ ޓޭބަލް ޓެނިހުގައި އަރަމުން އަންނަ ޒުވާން ތަރި އައިޝަތު ރަފާ ނާޒިމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ރަފާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް އަންހެން ސިންގަލްސްގައި ރާއްޖޭން ވާދަކުރި އަނެއް ދެކުޅުންތެރިންނަށް ވަނީ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިމިފަ އެވެ. ފާތިމަތު ދީމާ އަލީއާއި ފާތިމަތު ޖުމާނާ ނިމާލްއަށް ވަނީ ސިންގަލްސް ކެޓަގަރީ ނިމިފަ އެވެ.

32 ކުޅުންތެރިން ވާދަކުރާ ދެވަނަ ބުރުގައި ރަފާ މިރޭ ރާއްޖެ ގަޑިން 10:15 ގައި ނުކުންނާނީ އޮސްޓްރޭލިއާގެ މިންޔުން ޖީއާ ދެކޮޅަށެވެ. ފޯރިގަދަ މެޗަކަށް މިމެޗު ވެގެންދާނެއިރު ރަފާ މިހިސާބަށް ދަތުރުކޮށްފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

ގްރޫޕް ސްޓޭޖުގައި ރަފާ ހިމެނުނީ ޔޫގާންޑާގެ ރީތާ ނަކުމިސްތާ އާއި ސީޝެލްސްގެ ލައުރާ ސިނޯންއާ އެއް ގްރޫޕެއްގައި ކަމަށްވާއިރު އެދެކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ދެމެޗު ވެސް ރަފާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

ލައުރާއާ ވާދަކުރި މެޗުގައި ރަފާ ސެޓުތައް ގެންދިޔައީ 11 - 3، 11 - 3، 11 - 3 އަދި 11 - 1 އިންނެވެ. ދެ ވަނަ މެޗުގައި ރީތާ ބަލިކުރި މެޗުގައި ރަފާ ސެޓުތައް ގެންދިޔައީ، 11 - 4، 11 - 6، 11 - 7 އަދި 11 - 9 އިންނެވެ.

ރާއްޖޭގެ ދީމާ ހިމެނުނީ ވޭލްސްގެ ކްލޯއީ ތޯމަސްއާއި ސައުތު އެފްރިކާގެ ޒޯދުވާ މަފަންގާއާ އެއް ގްރޫޕެއްގަ އެވެ. ދީމާ ވަނީ ފުރަތަމަ މެޗުގައި ސައުތު އެފްރިކާގެ ޒޯދުވާ އަތުން ސީދާ 4 - 0 ން މޮޅުވެފަ އެވެ. މިގްރޫޕުގެ އެއްވަނަ ހޯދި ކްލޯއީ އަތުން ދީމާ ބަލިވީ 4 - 0 ންނެވެ.

ކޮމަންވެލްތު ގޭމްސްގައި ޓީޓީގައި މިރޭ އޮތީ ރަފާގެ ސިންގަލްސް އާއި ރަފާ އާއި މުންސިފްގެ ޕެއާގެ މިކްސް ޑަބަލްސްގެ މެޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355