ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެއްޖެ އެވެ.
މިއަދު ކުޅެވުނު މެޗުގައި ރާއްޖޭން ތިން ގޭމް ކާމިޔާބުކުރީ ވެސް އެންމެ ސެޓެއް ވެސް ނުގެއްލި އެވެ. ރާއްޖޭން ފުރަތަމަ ކުޅުނު ދެ ސިންގަލްސް ވެސް ކާމިޔާބުކުރިއިރު ޑަބަލްސް މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ސިންގަލްސްގައި ޖުމާނާ ސެޓުތައް ގެންދިޔައީ 11 - 02، 11 - 09 އަދި 12 - 10 އިންނެވެ. ދެވަނަ ސިންގަލްސް ދީމާ ކުޅެން ކާމިޔާބުކުރީ ފަސޭހަކަމާއެކުގަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ 11 - 03، 11 - 07 އަދި 11 - 03 އިންނެވެ.
ޑަބަލްސްގައި ރަފާ އާއި ދީމާ ވަނީ 12 - 10، 11 - 06 އަދި 11 - 06 ން ސެޓުތައް ގެންގޮސް ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފި އެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އޯޒްގޭ އަށް ޓީމު އިވެންޓްގައި މިއަދު ކުޅުނު ސިންގަލްސް މެޗުން ދީމާ ބަލިކުރެވުނީ 3-2 ސެޓުންނެވެ. ދީމާ އާއި އޯޒްގޭ ކުޅެން އެރީ މި ޓައިގެ ދެ ވަނަ ސިންގަލްސް މެޗުގަ އެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ވަނީ ތުރުކީގެ އައިކާން އަތުން 03-11، 01-11 އަދި 03-11 އިން ބަލިވެފަ އެވެ