twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ ޓީޓީ ތާރީހުގައި އަންހެން ޓީމު ފުރަތަމަ ފަހަރަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލަށް

މުޙައްމަދު އަހުމަދު
Aug 11, 2022

އިސްލާމިކް ސޮލިޑާރިޓި ލެވެލްގެ ގޭމްސް އެއްގެ ސެމީއަށް އަލަށް ދަތުރުކޮށް ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމުން ތާރީހުން ޖާގަ ހޯދައިފި އެވެ.

މިފެންވަރުގެ ގޭމްސްއެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ޓީމު ސެމީއަށް ދަތުރުކުރިއިރު މިއީ ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީޓީ ޓީމުން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

މީގެކުރިން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ ނެރުނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. ސާއިދު ވަނީ 2017 ވަނަ އަހަރުގެ ގޭމްސްގެ 100 އަދި 200 މީޓަރު ސްޕްރިންޓްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ގްރޫޕުގައި ކުޅުނު 3 ގޭމުގެ ތެރެއިން 2 ގޭމް ކާމިޔާބުކުރިއިރު ބަލިވީ އެންމެ ގޭމަކުންނެވެ. މިއަދު ސީދާ ތިން ސެޓުން ޔުގާންޑާ ބަލިކުރިއިރު ރާއްޖޭން ވަނީ ސީދާ ތިން ސެޓުން ޖިބޫޓީ ވެސް ބަލިކޮށްފަ އެވެ.

ރާއްޖެ ބަލިވީ މުބާރާތް ބާއްވާ ގައުމު ތުރުކީ އަތުން އެކަންޏެވެ. އެމެޗު ތުރުކީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ރާއްޖެ ސެމީއަށް ދަތުރުކުރީ ގްރޫޕުގެ ދެވަނައިގެ ގޮތުގަ އެވެ. މިއަދު ޔުގާންޑާއާ ދެކޮޅަށް ނުކުތް ރާއްޖޭން ގޭމު ކާމިޔާބުކުރީ 3 - 0 ންނެވެ.

ރާއްޖޭން މިއަދު ކުޅެން އޮތް ފުރަތަމަ ސިންގަލްސް ލިބުނީ އެމެޗު ނުކުޅެ އެވެ. އެއީ ޔޫގާންޑާ ޓީމުގައި ތިބީ ދެ ކުޅުންތެރިންނަށް ވުމުން އެއް ސިންގަލްސް މެޗު އެ ޓީމަށް ދޫކޮށްލަން ޖެހޭތި އެވެ. ދެވަނަ ސިންގަލްސްގައި ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ސީދާ 3 ސެޓުން ޔުގާންޑާގެ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ 11 - 2، 11 - 4 އަދި 11 - 2 ންނެވެ.

ފަހު ގޭމުގައި ދީމާއާއި ރަފާގެ ޕެއާއިން ވަނީ 3 ސެޓުން ޔުގާންޑާގެ ޕެއާ ބަލިކޮށްފަ އެވެ. ރަފާ އާއި ދީމާގެ ޕެއާއިން ސެޓުތައް ގެންދިޔައީ 11 - 5، 11 - 6 އަދި 11 - 4 ންނެވެ. ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން ވަނީ ބަންގްލަދޭޝްއާ ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 3 - 2 ން ބަލިވެ މުބާރާތުން ކަޓާފަ އެވެ. މިމެޗު ކާމިޔާބުކޮށްގެން ފިރިހެން ޓީމަށް ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355