twitterviber whatsapp telegramfacebookyoutube instagram
14th July 2026

ގަތަރުގެ އާމީ ކުލަބާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗު އެއްވަރުވެއްޖެ

މުޙައްމަދު އަހުމަދު
Sep 26, 2021

އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމުން ގަތަރުގެ އާމީ ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

މިމެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާމީ ކުލަބުންނެވެ. ނަމަވެސް ރާއްޖެއިން ނަތީޖާ ހަމަކުރި ލަނޑު އަދި މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ގަތަރުގައި ރާއްޖެއިން ކުޅުނު ފުރަތަމަ ޓްރޭނިންގ މެޗުގައި ބައްދަލުކުރީ ލުސައިލްއާ ދެކޮޅަށެވެ. އެމެޗުގައި ރާއްޖެއިން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ކްލަބު ލުސައިލް ސިޓީ ބަލިކޮށްފަ އެވެ.

އަންނަ މަހު 1 ން 16 އަށް ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންކަމުން މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355