twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކޮންމެ މީހަކަށްވެސް ދޫކުރާނީ 5 ޓިކެޓު: އެފްއޭއެމް

މުޙައްމަދު އަހުމަދު
Sep 29, 2021

އަންނަމަހު 1 ގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު މިއަދު ވިއްކަން ފަށާއިރު ކޮންމެ މީހަކަށް ވެސް ގިނަވެގެން ވިއްކާނީ ފަސް ޓިކެޓް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ބުނެފި އެވެ.

އެފްއޭއެމުން ބުނީ މި ފަހަރުގެ މުބާރާތުގެ ޓިކެޓް ވިއްކާނީ ކޮންމެ "މެޗު ޑޭ" އެއް ވަކިން ކަމަށާއި ވެކްސިން ކާޑާއި އައިޑީ ކާޑު، ޓިކެޓް ގަންނަން އަންނަ މީހާ ގެންނަން ޖެހޭނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާ އަށެވެ. ސިޑިބަރީގެ ޓިކެޓެއްގެ އަގު އުޅެނީ 75 ރުފިޔާގަ އެވެ.

މިއަދު މެންދުރު 14:00 އިން ފެށިގެން މިރޭ 23:00 އަށް ޓިކެޓް ވިއްކާން ހަމަޖެހިފައިވާއިރު މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވަގުތަކީ 10:00 އިން 18:00 އަށާއި 20:00 އިން 23:00 އަށެވެ.

ކޮވިޑްގެ ސަބަބުން އެފްއޭއެމުން ވަނީ ބައެއް ކަހަލަ ފިޔަވަޅުތައް އަޅަން ނިންމައިފަ އެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރުވާނެ އެވެ. އަދި ގައިދުރު ކަމަށް އިސްކަން ދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

އެފްއޭއެމުން އިތުރަށް ބުނީ ދަނޑަށް މެޗު ބަލަން ވަނުމަށް ފަހު ދެން ނުކުމެވޭނީ މެޗު ނިމުމުން ކަމަށެވެ. ކޮވިޑްގެ ދަނޑިވަޅު ކަމަށްވާތީ ސަޕޯޓަރުން ވަދެ ނުކުމެ އުޅުން މަދުކުރުމަށް ދަނޑުގައި ކެންޓީން ފަދަ ތަންތަން ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293