twitterviber whatsapp telegramfacebookyoutube instagram
16th October 2025

ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ކޮލިފައިވެ ދީމާއަށް ހާއްސަ ޝަރަފެއް

މުޙައްމަދު އަހުމަދު
Oct 17, 2021

ވޯލްޑް ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕަށް ކޮލިފައިވެ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ތާރީހުގެ ތެރެއިން ޖާގައެއް ހޯދާ އޭނާގެ ނަން ރަން އަކުރުން ފަވާލައިފި އެވެ.

މިއާއެކު ވޯލްޑް ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕެއްގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލު ކުރުމުގެ ޝަރަފް ދީމާ ވަނީ ހޯދާފަ އެވެ. މިމުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 2 - 8 އަށް ޕޯޗްގަލްގެ ވިލަ ނޮވާ ޑިގާޔާގައި އެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އޭނާ އޮތް މަގާމުގެ ސަބަބުންނެވެ.

ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 20 ވަނަ އެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވުމުން އެކަމަށް މަރުހަބާ ދަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

މީގެ އިތުރުން ދީމާ ވަނީ ދާދިފަހުން އޮމާންގެ މަސްކަޓްގައި ކުރިއަށް ދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓެގެރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355