twitterviber whatsapp telegramfacebookyoutube instagram
10th September 2026

އޭޝިއަން ކަޕް ސެންޓްރަލައިޒްކޮށްފި، ރާއްޖެއަށް އިތުރު އުދަނގޫތަކެއް

މުޙައްމަދު އަހުމަދު
Oct 20, 2021

ރާއްޖެ ވާދަކުރާ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން އޭއެފްސީން ނިންމައިފި އެވެ.

މީގެ ކުރިން ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެމުން އައީ ހޯމް އެންޑް އަވޭ ސިސްޓަމަށެވެ. އެހެންނަމަވެސް ދެން މެޗުތައް ކުރިއަށްދާނީ އެއް ގައުމެއްގައި ސެންޓްރަލައިޒް ކޮށެވެ.

ކޮވިޑްގެ ސަބަބުން އޭއެފްސީގެ ގިނަ މުބާރާތްތަކެއްގެ މެޗުތައް ކުޅެމުން އަންނަނީ ސެންޓްރަަލައިޒްކޮށްގެންނެވެ. މިހެންވުމުގެ ސަބަބުން ދެން ކޮންމެ ޓީމަކަށް ކުޅެން ލިބޭނީ ތިން މެޗެވެ.

މިގޮތަށް ހެދުމުން މިއީ އޭއެފްސީ ކަޕުން ޖާގައެއް ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިމަތިވާނެ އުދަނގުލެކެވެ. އެއީ ކޮލިފައިވާން އެންމެ ބޮޑަށް ރާއްޖެ ބަރޯސާވާން ޖެހޭނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ނަތީޖާ ނެރުމަށް ކަމަށް ވާތީ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ފީފާ އެންމެ ފަހުގެ ރޭންކިން އަށް ބަލައިގެންނެވެ. ޕޮޓްތަކަށް ޓީމުތައް ބަހާފައިވަނީ މި ވަގުތު ފީފާ ރޭންކިން އަށް ބެލުމަށް ފަހު އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ 16 ޖޫން އިން 16 ޖުލައިގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293