twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގައުމީ ޓީމުގެ ކޯޗަކަށް އިންޓަމިލާނަށް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސައިފި

މުޙައްމަދު އަހުމަދު
Oct 21, 2021

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިން އިޓަލީގެ ގަދަބާރެއް ކަމަށްވާ އިންޓަމިލާނަށް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސައިފިކަން އެފްއޭއެމުން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓަކުންނެވެ. ރާއްޖޭގެ ކޯޗުކަމާއި ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓްގައި އޭނާ ވަނީ މޮރިއޭރޯއަށް ރާއްޖެއަށް މަރުހަބާ ދަންނަވާފަ އެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ކޯޗުކަން ކޮށްފައިވަނީ ދިވެހި ކޯޗު އަލީ ސުޒޭނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355