twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް ކޯޗިން ކޯހަކާއި ކޭމްޕެއް ކުރިއަށް ގެންދަނީ

މުޙައްމަދު އަހުމަދު
Oct 26, 2021

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ޑަބްލިއު ސްޕޯރޓްސް އެކަޑެމީ އާއި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބީޗް ހޭންޑްބޯލް ކޯޗިން ކޯހެއް ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިއްޖެ އެވެ.

މިކޯޗިން ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން 30 ވަނަ ދުވަހު ހުޅުވުމުގެ ރަސްމިއްޔާތާއި އިންޓްރޮޑަކްޝަން ސެޝަން ކުރިއަށްގެންދަން ނިންމާފައިވާއިރު ޕްރެކްޓިކަލް އާއި ތިއަރީގެ ބައި ކުރިއަށްދާނީ 31 އޮކްޓޫބަރުން 6 ނޮވެމްބަރުގެ ނިޔަލަށެވެ.

މިކޯހުގައި ހއ އަތޮޅުން ޅ އަތޮޅާ ހަމައަށް ދިރިއުޅޭ ހުރިހާ އެންމެނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ނޮވެމްބަރު ވާ ހޮނިހިރު ދުވަހު އެވެ. މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 28 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 އަކާ ހަމައަށެވެ.

މީގެ އިތުރުން ބީޗް ހޭންޑްބޯލް ޤައުމީ ސްކޮޑެއް އެކުލަވާލުމަށްޓަކައި ބީޗް ހޭންޑްބޯލް ކުޅޭ ކުޅުންތެރިންނާއި، ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައި އެވެ. މި ދެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިކޭމްޕްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 4 ނޮވެމްބަރުގެ މެންދުރު 2 ގެ ކުރިންނެވެ. މިކޭމްޕަކީ ފިރިހެނުންނަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މިކޭމްޕް ކުރިއަށްދާނީ 7 ނޮވެމްބަރުން ފެށިގެން 25 ޑިސެމްބަރުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355