twitterviber whatsapp telegramfacebookyoutube instagram
8th May 2024

މަގުލަހާއި ޒިގްޒެގް ބައްދަލުކުރި މެޗާއެކު ބީއެސްއޭ ފުޓްސަލް ޗެލެންޖް ފަށައިފި

މުޙައްމަދު އަހުމަދު
Nov 28, 2021

16 ޓީމާއެކު ބަސީރު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖް ރޭ ފަށައިފި އެވެ.

މިއީ ބީއެސްއޭއިން މިނަމުގައި ކުރިއަށްގެންދާ ދެވަނަ މުބާރާތެވެ. 2019 ވަނަ އަހަރު ފުރަތަމަ މުބާރާތް ބޭއްވިއިރު 2020 ވަނަ އަހަރުގެ މުބާރާތް ޖެހުނީ ކޮވިޑްގެ ސަބަބުން ކެންސަލްކުރާށެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުގެ މުބާރާތް ރޭ މިވަނީ ފަށާފަ އެވެ. މިމުބާރާތުގައި ކޮންމެ ރެއަކުވެސް 3 މެޗު ކުޅޭނެ އެވެ. އެގޮތުން ރޭ މުބާރާތް ފަށާފައިވަނީ މަގްލަހާއި ޒިގްޒެގް ބައްދަލުކުރި މެޗުންނެވެ. މިމެޗު 5 - 0 ގެ ފަރަގަކުން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. މަގުލަހަކީ މިފަހަރުގެ މުބާރާތަށް ނުކުތް އެންމެ ޒުވާން ޓީމެވެ.

އެޓީމުގެ ކުޅުންތެރިންނަކީ 18 އަހަރުގެ ދަށުގެ ކުޅުންތެރިންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޒިގްޒެގްގެ ޖާޒީ ނަމްބަރު 19 ހުސެއިން މުހައްމަދެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ސްޕާޓަންސްއާއި ސްޓޯން އެވެ. މިމެޗު 5 - 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓޯން އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓޯންގެ ޖާޒީ ނަމްބަރު 13 ހުސެއިން އަހްމަދެވެ.

ތިންވަނަ މެޗުގައި ވާދަކޮށްފައިވަނީ ޖިއާން ސްކޯރއާއި މިނީ ޒިގްޒެގެވެ. މިމެޗު 8 - 1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޖިއާން ސްކޯރއިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖިއާން ސްކޯރގެ ޖާޒީ ނަމްބަރު 17 އަހްމަދު ނަދީމެވެ.

މިމުބާރާތުގައި މިރޭ ވެސް ތިން މެޗެއް ކުޅެވޭނެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވާޓިގޯއާއި ބަމްބަލްބީ އެވެ. ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އޭސީއެން ނުކުންނާނީ އަފީފުއްދީން އެސްއާރުސީ އެވެ. އަދި މިރޭގެ ފަހު މެޗުގައި ނުކުންނާނީ ޕޮލިހާއި ވައިކިންގްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355