twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއަދު ހާމަވީ ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފުރާޅުން ޓިނު ނުނަގާނެކަން: ޔުމްނާ

ނަބީލާ އިސްމާޢީލް
Nov 30, 2021

މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ހާމަވެގެން ދިޔައީ، ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުގަނާނެ ކަމުގެ ޔަގީންކަމުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ.

ޔުމްނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ހާމަވެގެން ގޮސްފައިވަނީ ސްޕްރީމް ކޯޓުގެ މިނިވަންކަމާއި އަދުލު އިންސާފު އޮތް މިންވަރުކަމަށެވެ. އަދި ފަނޑިޔާރުން ކުރާ ހުކުމަކުން އެ ފަނޑިޔާރު ހައްޔަރުކޮށް، ފުރާޅުން ޓިނު ނަގައި މިސަރުކާރުން ނަހަދާނެކަން ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ޔުމްނާ ވިދާޅުވިއެވެ.

"މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ." ޔުމްނާ ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅިގެން އެމަނިކުފާނަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އުފާފާޅު ކުރަމުން ނެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށް 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅި އެވެ. ދިގުދެމިގެން ދިޔަ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމައިލި އެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފަ އެވެ.

ޔުމްނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން އޭރުގެ ބައެއް ފަނޑިޔާރުން ހައްޔަރުކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ. ސްޕްރީމް ކޯޓުން މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނީ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355