twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެސްއޭ ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ، ފޯރިގަދަ ރެއަކަށްވާނެ

މުޙައްމަދު އަހުމަދު
Dec 5, 2021
1

16 ޓީމާއެކު މިހާރު ކުރިއަށްދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ވާދަވެރި މެޗުތައް މިރޭ ކުޅެވޭނެ އެވެ. މިރޭ ކުއާޓާ ފައިނަލުގެ ހަތަރު މެޗުވެސް ވަނީ ކުޅެން ހަމަޖެހިފަ އެވެ.

މިއީ ބީއެސްއޭއިން މިނަމުގައި ކުރިއަށްގެންދާ ދެވަނަ މުބާރާތެވެ. 2019 ވަނަ އަހަރު ފުރަތަމަ މުބާރާތް ބޭއްވިއިރު 2020 ވަނަ އަހަރުގެ މުބާރާތް ޖެހުނީ ކޮވިޑްގެ ސަބަބުން ކެންސަލްކުރާށެވެ. މިއަހަރުގެ މުބާރާތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ދެ ޓީމެވެ. 8 ޖަހާއިރު ފަށާ މިމެޗުގައި ޓީމް ޒިގްޒެގުން ނުކުންނާނީ މިނީ ޒިގްޒެގާއި ދެކޮޅަށެވެ. ޒިގްޒެގް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭގައި ކުޅުނު 3 މެޗުން ވެސް ކާމިޔާބުކޮށް ސީދާ 9 ޕޮއިންޓާއެކުގަ އެވެ. މިނީ ޒިގްޒެގް ކުއާޓާއަށް ދަތުރުކުރީ ކުޅުނު ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުގަ އެވެ. އެޓީމު ބަލިވީ ޖިއާން ސްކޯރ އަތުން އެކަންޏެވެ.

މިރޭ ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ 2019 ވަނަ އަހަރުގެ ޗެމްޕިއަން އޭސީއެންއާއި ޓީމް މައި ޕެޓެވެ. 9 ޖަހާއިރު ކުޅޭވޭ މިމެޗަކީ ވެސް ފޯރިގަދަ މެޗަކަށް ވާނެ އެވެ. އޭސީއެން ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ސީގައި ކުޅުނު ދެމެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ޖުމްލަ 7 ޕޮއިންޓާއެކުގަ އެވެ. ޓީމް މައި ޕެޓް ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ޑީގައި ކުޅުނު ދެމެޗު ކާމިޔާބުކޮށްގެންނެވެ. އެޓީމު ބަލިވެފައިވަނީ ހަމައެކަނި ބޭލާ އަތުންނެވެ.

ތިންވަނަ މެޗުގައި ޖިއާން ސްކޯރއާއި ސްޓޯން ބައްދަލުކުރާއިރު މިމެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ. ޖިއާން ސްކޯރ ކުއާޓާއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. ސްޓޯން ކުއާޓާއަށް ދަތުރުކުރީ ކުޅުނު ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ބަލިވީ ހަމައެކަނި ޒިގްޒެގް އަތުންނެވެ..

މިރޭގެ ފަހު މެޗުގައި 11 ޖަހާއިރު ނުކުންނާނީ ޕޮލިހާއި ބޭލާ އެވެ. މިމެޗުވެސް ވަރަށް ފޯރިގަދަވާނެކަމަށް ބެލެވޭއިރު ޕޮލިސް ކުއާޓާއަށް ދަތުރުކުރީ ކުޅުނު އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެގެންނެވެ. އޭސީއެން އާއި ވައިކިންގްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު އެޓީމު އަފީފުއްދީން އެސްއާރުސީ އަތުން ވަނީ މޮޅުވެފަ އެވެ. ބޭލާ ކުއާޓާއަށް ދަތުރުކުރީ ފުރިހަމަ ކާމިޔާބަކާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިރޭގެ މެޗުތައް ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު މެޗުތައް ބަލާލުމަށް ރަށުގެ ގިނަ ބަޔަކު ދަނޑަށް އެއްވެ ތަރުހީބު ދެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355