twitterviber whatsapp telegramfacebookyoutube instagram
9th November 2025

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 17،200 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Dec 9, 2021

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 17،200 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ބުނެފި އެވެ.

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 7 ވަނަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 687 މީހަކު ޖަހާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 394 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 293 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 17200 އަކަށް އަރާފައެވެ.

މީގެ އިތުރުން 232 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 209 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 23 މީހަކު ހިމެނެއެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 365،046 އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް މިދިޔަ އަންގާރަ ދުވަހު 62 މީހަކު ވަނީ ޖަހާފައެވެ. މާލޭ ސަރަހައްދުން ވެކްސިން ޖެހި 49 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 13 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 396،066 އަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355