twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވަނީ، މިއަދު އިތުރު 218 މީހަކު ޕޮޒިޓިވް

Dec 11, 2021

ކޮވިޑް-19އަށް މި ފަހުން މީހުން މާބޮޑު ސަމާލުކަމެއް ދެމުން އަންނަތަނެއް ނުފެނެ އެވެ. އެ ގޮތުން ދުވަހެއް ދުވަހަކަށް މި ބައްޔަށް މީހުން ޕޮޒިޓިވްވާ އަދަދުވެސް އަންނަނީ މަތި ވަމުންނެވެ. މިއަދު އަލަށް 218 މީހުން މި ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 93،063 އަށް އަރާފަ އެވެ.

218 ޕޮޒިޓިވް ކޭސްއަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 188 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ 10 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްތަކުން މިއަދު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ދ. ކުޑަހުވަދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ނ. މާފަރާއި ތ. ވިލުފުށިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،933 މީހުންނެވެ. މިހާތަނަށް 90،861 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 257 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މި ބަލީގައި މީހަކު މަރުވީ އައްޑޫ އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293