twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑު ތިލަދުންމަތީގެ 24 ރަށަކުން ބައިވެރިވެއްޖެ

މުޙައްމަދު އަހުމަދު
Dec 13, 2021
1

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތީގެ 24 ރަށަކުން ބައިވެރިވެއްޖެ އެވެ.

އެގޮތުން ބޮޑުތިލަދުންމަތި ހިމެނޭ ހއ އަތޮޅުން ބައިވެރިވެފައިވަނީ 8 ރަށަކުންނެވެ. އަދި ހދ އަތޮޅުން ވެސް 8 ރަށަކުން ބައިވެރިވެފައިވާއިރު ށ އަތޮޅުން ވެސް ހަމަ 8 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި ޖުމްލަ މިއަހަރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 19 ގަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 177 މެޗު ކުޅެވިގެންދާއިރު މެޗުތައް ކުރިއަށްދާނީ ހުޅުމާލޭގެ ޓާފް ދަނޑުގަ އެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުން ކަމަށާއި އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެ ކަމަށް ވަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެފައިވެ އެވެ.

މިފަހަރުގެ މުބާރާތުގައި ކޮންމެ ރަށަކުން އެއްޓީމަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު ފުވައްމުލަކު ސިޓީއާއި މާލެ ސިޓީގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރެވޭނެ އެވެ.

އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަދި އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުންނެވެ.

އެހެންނަމަވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅެން ހަމަޖެހިފައިވާއިރު ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅުގެ ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.

ވަން އޮންލައިނުން ރިޕޯޓުކުރިގޮތުގައި ރިލުވާން ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށާއި މުބާރާތަކީ މާކެޓިންގެވެސް ބޮޑު އިވެންޓަކަށް ވާނެ ކަމަށެވެ. އަދި އެހެންކަމަށްވުމާއެކު ސްޕޮންސަރުންނަށް އަދިވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރިލުވާން ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތައް/ރަށްތައް:

ޒޯން 1: ހއ. އަތޮޅު
މާރަންދޫ، ބާރަށް، ހޯރަފުށި، ދިއްދޫ، ވަށަފަރު، މުރައިދޫ، އިހަވަންދޫ، ކެލާ

ޒޯން 1: ހދ. އަތޮޅު
ކުޅުދުއްފުށި، ފިނޭ، ކުމުންދޫ، ނާވައިދޫ، ނޭކުރެންދޫ، މަކުނުދޫ، ވައިކަރަދޫ، ނެއްލައިދޫ

ޒޯން 1: ށ. އަތޮޅު
މިލަންދޫ، ގޮއިދޫ، ބިލެއްފަހި، މަރޮށި، ފީވައް، ކަނޑިތީމު، ކޮމަންޑޫ، ފޯކައިދޫ

ޒޯން 2: ނ. އަތޮޅު
ކުޑަފަރި

ޒޯން 2: ރ. އަތޮޅު
އިނގުރައިދޫ، އިންނަމާދޫ، ދުވާފަރު

ޒޯން 2: ބ. އަތޮޅު
އޭދަފުށި، ހިތާދޫ، ތުޅާދޫ

ޒޯން 3: ޅ. އަތޮޅު
ހިންނަވަރު، ކުރެންދޫ

ޒޯން 3: ކ. އަތޮޅު
ގުރައިދޫ، ގާފަރު، ކާށިދޫ، ތުލުސްދޫ، މާފުށި، ހުރާ

ޒޯން 3: އއ. އަތޮޅު
ބޮޑުފުޅުދޫ، ރަސްދޫ، މަތިވެރި، ފެރިދޫ

ޒޯން 4: އދ. އަތޮޅު
ފެންފުށި، އޮމަދޫ، ކުނބުރުދޫ، ހަންޏާމީދޫ، ދަނގެނތި، މާމިގިލި

ޒޯން 4: މ. އަތޮޅު
ދިއްގަރު، މަޑުއްވަރި، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި

ޒޯން 5: ފ. އަތޮޅު
ނިލަންދޫ، ބިލެއްދޫ، މަގޫދޫ، ފީއަލި

ޒޯން 5: ދ. އަތޮޅު
ކުޑަހުވަދޫ، ބަނޑިދޫ

ޒޯން 5: ތ. އަތޮޅު
ތިމަރަފުށި، ގާދިއްފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ބުރުނި

ޒޯން 6: ލ. އަތޮޅު
ގަން، އިސްދޫ، ކަލައިދޫ، މާމެންދޫ،

ޒޯން 6: ގއ. އަތޮޅު
ނިލަންދޫ، ކަނޑުހުޅުދޫ، ދާންދޫ، ކޮނޑޭ، މާމެންދޫ، ގެމަނަފުށި، ކޮލަމާފުށި، ދެއްވަދޫ

ޒޯން 6: ގދ. އަތޮޅު
މަޑަވެލި، ވާދޫ، ހޯޑެއްދޫ، ގައްދޫ، ތިނަދޫ

ޒޯން 7: އައްޑޫ ސިޓީ
ފޭދޫ، މަރަދޫ

ޒޯން 7: ފުވައްމުލަކު ސިޓީ
މޭލެގަން

ޒޯން 8: މާލެ
މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

ގޯލްޑަން ފުޓްސަލްގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި އެ އަވަށަކަށް ނޫނީ އެ ރަށަކަށްވެސް ކުޅެވޭނީ އެ ރަށެއްގައި ނުވަތަ އެ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މިމުބާރާތުގެ ޑިފެންޑިން ޗެމްޕިއަނުންނަކީ ތ. ތިމަރަފުއްޓެވެ. ރަނަރަފަކީ ބ. އޭދަފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355