twitterviber whatsapp telegramfacebookyoutube instagram
9th November 2025

ޕޭ ކޮމިޝަނުން މުސާރަތައް ހަމަޖެއްސުމުން މިނިމަމްވޭޖް ދޭން ފަށާނަން: ސީއެސްސީ

މުޙައްމަދު އަހުމަދު
Dec 22, 2021

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބުނެފި އެވެ.

އަވަސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީއެސްސީގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭނުންވާ ހުރިހާ މައުލޫމާތުތައް ހިމެނޭ ޑޭޓާތައް މިހާރު ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕޭ ކޮމިޝަނުން މުސާރަތައް ހަމަޖެއްސުމުން އެ މުސާރަތައް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް މިނިމަމް ވޭޖާއެކު މުސާރައިގެ ކުރިއެރުން ލިބޭނެ މުވައްޒަފުންގެ އަދަދާއި އެކަމަށް ކުރަން ޖެހޭ ހަރަދުތައް އަދި މުޅިން ޔަގީންނުވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މުސާރައާއި ފިކްސްޑް އެލަވަންސްތަކާއެކު 7000 ރުފިޔާ ލިބޭއިރު ސިވިލް ސާވިސްގައި މިވަގުތު 27،092 މުވައްޒަފުން ވަޒީފާ އަދާކުރަމުންދެ އެވެ.

މިދިޔަ އޮކްޓޫބަރުމަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިނިމަމް ވޭޖާއެކު ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355