twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަންހެން ޓީމު ފުރިއިރު ފިރިހެން ވޮލީ ޓީމަށް ސެންޓްރަލް ޒޯން މުބާރާތް ގެއްލިއްޖެ

މުޙައްމަދު އަހުމަދު
Dec 22, 2021

ބަންގަލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މާދަމާ ފަށާއިރު ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީ ޓީމަށް މުބާރާތަށް ނުފުރި މުބާރާތް ގެއްލިއްޖެ އެވެ.

ޓީމުގެ ކުޅުންތެރިއަކު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާތީ މުބާރާތަށް ނުފުރުނުއިރު ދެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ގިނަ މަސައްކަތްތަކެއްކުރި އެވެ.

ޤައުމީ ފިރިހެން ވޮލީ ޓީމު އެއްކޮށް މިހާރުވަނީ ކަރަންޓީންކޮށްފަ އެވެ. އެހެންކަމުން ޤައުމީ ވޮލީ ޓީމަށް މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް މިވަނީ އެއްކޮށް ގެއްލިފަ އެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރަން ހަމަޖެހިފައި އޮތީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއާ ކަމަށްވާއިރު ސެންޓްރަލް ޒޯން މުބާރާތުގައި ކުރިން އޮތްގޮތުން ފިރިހެން ބައިގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ނޭޕާލް، ލަންކާ އަދި އުޒްބަކިސްތާނެވެ.

މުބާރާތަށް ތައްޔާރުވާން ސްރީ ލަންކާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ތިން ސެޓުން ބަލިވިއިރު އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތް ބާއްވާއިރު ގައުމީ އަންހެން ވޮލީ ޓީމު ވަނީ ސެންޓްރަލް ޒޯން އަންހެން ބައިގައި ވާދަކުރުމަށް އިއްޔެ ބަންގްލަދޭޝަށް ވަނީ ފުރާފަ އެވެ. އެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 23 ން 29 އަށެވެ.

އަންހެން މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ނޭޕާލް، އުޒްބަކިސްތާން، ކިރްގިސްތާނުގެ އަދި ސްރީލަންކާ އެވެ. ބުރާސްފަތި ދުވަހު އަންހެން ޓީމް ފުރަތަމަށް މެޗަށް ބަންގްލަދޭޝާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355