twitterviber whatsapp telegramfacebookyoutube instagram
10th September 2026

ހަނިމާދޫގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ހެލްތް ސެންޓަރު

ނަބީލާ އިސްމާޢީލް
Dec 26, 2021

ހދ. ހަނިމާދޫ ކޮވިޑް-19 ގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެރަށު ހެލްތު ސެންޓަރުން ހާމަކޮށްފި އެވެ. ހެލްތް ސެންޓަރުގެ ބުނީ އެރަށުން 68 މީހަކަށް އެ ރަށުން ބަލި ޖެހުނު ނަމަވެސް 47 މީހުން މިހާރު ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 21 މީހުން ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް-19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެން ކުއްޖެއް ކެވެ.

ހަނިމާދޫ ހެލްތް ސެންޓަރުން ބުނީ މި ވަގުތު އެ ރަށުގައި 15 ގެ އެއްގައި 42 މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

އަދި ހެލްތް ސެންތަރަށް މި ވަގުތު އެންމެ ދަތިވާކަމަކީ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ލިބުމުގައި ދިމާވާ ލަސްތަކަމަށެވެ. ކުރިން 1 ދުވަހުން ނަތީޖާ ލިބުނު ނަމަވެސް މިހާރު 2 ނުވަތަ 3 ދުވަސް ނަތީޖާ ލިބެން ނަގާތީ ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.

ހެލްތް ސެންޓަރުން އިލްތިމާސްކުރަނީ ބަލި ކޮންޓްރޯލް ކުރުމަށާއި ރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ކޮވިޑް ޓާސްކްފޯސްއަށް އެއްބާރުލުން ދީގެން ކޮވިޑުން ރައްކާތެރިވުމަށްދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.

ހަނިމާދޫގެ އިތުރުން މި ވަގުތު އެ އަތޮޅު 4 ރަށެއްގައި ކޮވިޑް ކޭސްތައް އަންނަނީ ފެތުރެމުންނެވެ. އެ ގޮތުން ކުޅުދުއްފުށީގައި 16 އެކްޓިވް ކޭސް، ކުރިނބީގައި 6 ކޭހުގެ އިތުރުން ނޮޅިވަރަންފަރުގައި 5 ކޭސް އަދި ނައިވާދޫގައި 32 ކޭސް ވަނީ ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293