twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސިއްހީ ފަންނުވެރިންގެ ހައްގުތައް ހޯދައިދިނުމަށް އެޗްޕީޔޫއިން ކޯޓަށް

މުޙައްމަދު އަހުމަދު
Dec 29, 2021

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ފަންނުވެރިންގެ ހައްގުތައް ހޯދައިދުނުމަށް ސިއްހީ ފަންނުވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެޗްޕީޔޫ) އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް މުސާރައާއި މަގާމުގެ ކުރިއެރުން ލިބޭނެ އިދާރީ އޮނިގަނޑެއް ނެތް މައްސަލަ ވަނީ ބޮޑުވެފަ އެވެ.

އެޗްޕީޔޫއިން މިމައްސަލަ ހުށަހަޅާފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެކޮޅަށެވެ. މި މައްސަލައިގައި ވަކާލާތު ކުރާނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ފަރާތުންނެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 ސިވިލްސާވަންޓުންގެ ފަރާތުން އެމައްސަލަ ހުށަހަޅާފައިވާއިރު ޕީއައިއެލްސީގެ ރައީސާ މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ 2008 ގައި ސިވިލް ސާވިސް ފެށުނީއްސުރެ ނިގުޅައިގަނެފައިވާ ސިއްހީ މަސައްކަތްތެރިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް އަލި މަގެއް ލިބިފައިނުވާ ނުވުން ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މަސައްކަތެރިންނަށް މިފަދަ އޮނިގަނޑެއް އެކުލަވާލަން ޖެހެނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށްވާއިރު ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޓީޗަރުންނާއި ނަރުހުންގެ ކުރިއެރުމުގެ އޮނިގަނޑު އެކުލަވާލި އެވެ. އެހެންނަމަވެސް ސިއްހީ އެހީތެރިންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތުގައިވެސް ގައުމަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅުންނަކީ ހަަމަ ހެލްތު ސެކްޓާގެ ފަންނީ ބޭފުޅުން ކަމަށާއި އެހެންނަމަވެސް އެފަރާތްތަކަށް ލިބެންވާ ހަމަ އުޖޫރައެއް ނުލިބުމަކީ ކަންބޮޑުވާކަމެއްކަން ޝުނާނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355