twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނޮޅިވަރަމް ފުޓްސަލް މުބާރާތުގެ ސެމީގައި މާއްޓޭ އެކަޑަމީއާ ބީއެސްއޭގެ ކުރިމަތިލުމެއް!

މުޙައްމަދު އަހުމަދު
Jan 8, 2022
1

ނޮޅިވަރަމްގެ ދެ ފަރާތެއް ކަމަށްވާ އާދަމް އަޒްމީލު ސެމީ ލައިޓް އަދި ހުސެއިން މުހައްމަދު ރޯޝަނީ މަންޒިލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 14 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ކުޅުދުއްފުށީގެ ދެ އެކަޑަމީކަމަށްވާ މާއްޓޭ އެކަޑަމީއާއި ބަސީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ) ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗު މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާއިރު މާއްޓޭ އެކަޑަމީ ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ބީއެސްއޭ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިމެޗު ފަށާނީ މިއަދު ހަވީރު 4:15 ގަ އެވެ.

މާއްޓޭ އެކަޑަމީން ޖުމްލަ 6 ޕޮއިންޓާއެކު ދެވަނައިގައި ދަތުރުކުރިއިރު އެޓީމު ވަނީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފަ އެވެ. އެޓީމު ބަލިވީ ކޭޖީ ކުޑަކުދިންގެ ގުޅުން އަތުން އެކަންޏެވެ. އެމެޗުން މާއްޓޭ އެކަޑަމީ ބަލިވީ 5 - 2 ންނެވެ.

ޖުމްލަ 7 ޕޮއިންޓާއެކު ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެ ބީއެސްއޭ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ. އެޓީމު އެއްވަރުވެފައިވަނީ ޗަކުލީއާ އެވެ. ޗަކުލީއަށް ވެސް ޖުމްލަ 7 ޕޮއިންޓް ލިބުނެވެ. އެހެންނަމަވެސް ބީއެސްއޭއިން ކުރި ހޯދީ ގޯލު ތަފާތަށް ބަލައިގެންނެވެ.

ދެވަނަ ސެމީ ވެސް މިއަދު ހަވީރު ކުޅެވޭއިރު އެމެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނައަށް ދިޔަ ކޭޖީ ކުޑަކުދިންގެ ގުޅުމާއި ގްރޫޕް ބީގެ ދެވަނަ ޗަކުލީ އެވެ. މިމެޗު ފަށާނީ މިއަދު ހަވީރު 5:15 ގަ އެވެ. މިމުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ނޮޅިވަރަމް ފުޓްސަލް ގްރައުންޑުގައި ކަމަށްވާއިރު ސެމީވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދަނޑުގަ އެވެ.

މިމުބާރާތުގެ މަގުސަދަކީ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތު ތަނަވަސްކޮށްދީ، ފުޓްސަލްގެ ހުނަރު ހުނަރު ޒުވާން ކުދިންގެ ގައިގައި އަށަގެންނެވުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެ އެވެ. ހަމައެހެންމެ މިކުޅިވަރުގެ ތެރެއިން މުޖުތަމައުގެ މެދުގައި އެކުވެރިކަން
އާލާކޮށް ދިރުވުމަކީ ވެސް މިމުބާރާތް ބޭއްވުމުގެ މަގްސަދެކެވެ. މިމުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މީގެ ދެވަނަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.

މިފަހަރުގެ މުބާރާތުގައި ކުޅުދުއްފުށީގެ ދެޓީމުން ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355